
އިންސާނީ ވަސީލަތް ތަރައްގީކުރަން ޖަޕާނުން 1 މިލިއަން ޑޮލަރުގެ އެހީ ދީފި

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 11:35
ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސް އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ޖަޕާން ސަރުކާރުން ރާއްޖެއަށް 152 މިލިއަން ޖަޕާނީސް ޔެން ނުވަތަ 1,020,134 (އެއް މިލިއަން ވިހިހާސް އެއްސަތޭކަ ތިރީސް ހަތަރު) އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްސަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން ފޯރުކޮށްދެމުންދާ މި އެހީގެ ދަށުން، ޖަޕާނުގެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިވެގެންދެއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ އިޖުތިިމާޢީ އަދި އިގްތިސާދީ ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ޤާބިލު ޒުވާނުން ބިނާކުރުން ކަމަށް ހާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
6 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
9 ގަޑިއިރު ކުރިން

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
9 ގަޑިއިރު ކުރިން

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
9 ގަޑިއިރު ކުރިން


.gif&w=3840&q=75)