
މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގް (ޓޮމް) / ފޮޓޯ: މަޖިލިސް
ވެރިކަމަށް 2 އަހަރު ވީއިރު ކުންފުނިތަކަށް ދައްކަންޖެހޭ 800 މިލިއަނަށްވުރެ ގިނަ ފައިސާހުރި: ތާރިގް (ޓޮމް)

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 05:30
ވެރިކަމަށް 2 އަހަރު ވީއިރު ކުންފުނިތަކަށް ދައްކަންޖެހޭ 800 މިލިއަނަށްވުރެ ގިނަ ފައިސާހުރި ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތާރިގް ވިދާޅުވީ ވެރިކަމާއި ޕީއެންސީ އިން ހަވާލްވި އިރު ދައުލަތުގެ ރިޒާވްގައި އޮތީ ހަމައެކަނި އެންމެ 2 މިލިއަން ޑޮލަރެވެ.
ދެމިލިއަން ޑޮލަރު އިތުރުކޮށްގެން 524 މިލިއަން ޑޮލަރު ދައްކައި ކުދި ވިޔަފާރިތަކަަށް ދޭންޖެހޭ ނުދީ އޮތް 2 ބިލިއަނެއްހާ ރުފިޔާގެ ބިލްތައް ދައްކަމުން އައިސް ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާ ކަމަށް ތާރިގް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓް ހަރަދުކުރާ ގޮތުގެ ވާހަކަ ދައްކާއިރު އޭގެ ތަފްސީލީ ވާހަކަތައް މެމްބަރުންނަށް، ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާުރުން ދައުލަތުގެ ބަޖެޓް ގޯސްކޮށް ހަރަދުކުރާނަމަ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ކޮމިޓީތަކަށް އެމައްސަލަ ހުށަހަޅައިގެން ބެލުމުގެ އިހްތިޔާރު ލިބިފައިވާ ކަމަށް ތާރިގް ވިދާޅުވިއެވެ.
ކަންކަން ގޯސްކޮށް ހިނގާނަމަ އެކަންކަން ރަނގަޅުކުރަން ޖެހޭނެ ކަމަށް ތާރިގް ވިދާޅުވިއެވެ.
މެމްބަރު ވަނީ ވާދަވެރި އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރަން ގޮވާލައްވާފައެވެ.
ޕީއެންސީގެ މެމްބަރުންގެ ބޮލުގައި ވަކި ބަދުނާމުތަކެއް އަޅުވަން މަސައްކަތް ނުކުރަން ތާރިގް ވަނީ ގޮވާލައްވާފައެވެ.
524 މިލިއަން ޑޮލަރުގެ ބޮޑު ލޯނު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދާ ކުރެއްވި ކަމަށްޓަކައި ދިވެހިރައްޔިތުން މިއަދު އެމަނިކުފާނަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އިތުރު ދަރަންޏެއް ބޭރުން ނުނަގައި ޕީއެންސީއަށް ވާރުތަވި ދަރަނި ދައްކާފައިވާތީ ތާރިގް ވަނީ ރައީސް މުއިއްޒު އަށް މަރުހަބާ ދަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
20 މިނިޓު ކުރިން

އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް
21 މިނިޓު ކުރިން

ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން: ރައީސް
21 މިނިޓު ކުރިން

ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް: ރައީސް
21 މިނިޓު ކުރިން


.gif&w=3840&q=75)