logo
ރަައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާގެ ދައުވަތު---

ރަައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާގެ ދައުވަތު---

ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާއެއް ބުދަ ދުވަހު ބާއްވަން ނިއްމައިފި

profile

އަހުމަދު ޔައީޝް - 26 ޑިސެމްބަރު 2022 - 07:27

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާއެއް އަންނަ ބުދަ ދުވަހު ބާއްވަން ނިއްމައިފިއެވެ.

https://wamco.com.mv/

އެގޮތުން ރައީސް ނަޝީދުގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ ކެމްޕޭން ބައްދަލުވުމެއް 28 ޑިސެމްބަރު 2022ވާ ބުދަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. އަދި މި ބައްދަލުވުން އޮންނާނީ ސަލްޓަން ޕާކުގައި އެރޭގެ 20:30ގައި ކަމަށްވެސް އެ ޓްވީޓުގައި ވިދާޅުވެފާވެއެވެ.

28th December. 8:30pm. Sultan Park. With President @MohamedNasheed

You are invited. #Anni2023 #MDP pic.twitter.com/bQlH16NWUK

— Eva Abdulla 🎈❓ (@evattey) December 26, 2022

އީވާ މިއަދުކުރެއްވި ޓްވީޓް---

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ނަޝީދު ވަނީ ފޯމު ހުށަހަޅުއްވާފައެވެ. މި ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޕްރައިމަރީގެ މިނިވަންކަމާއި އިންސާފުވެރިކަމާމެދު، ރައީސް ނަޝީދު ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާ، ސުވާލު އުފައްދަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލަނީ އެމްޑީޕީގެ ދަފުތަރުގައި ތިބި މެމްބަރުން ކަމަށްވާއިރު، އެމްޑީޕީގެ ދަފުތަރުން އެމަނިކުފާނަށް ތާއީދުކުރައްވާ 39،000 އެއްހާ މެމްބަރުން ވަކިކޮށްފައިވާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސް ވެސްމެއެވެ.

https://wamco.com.mv/
https://www.aslu.com.mv