logo
އަނީސާ އަޙުމަދު

އަނީސާ އަޙުމަދު

ހައުސިން ކޮމިޓީން އަނީސާ އިސްތިއުފާ ދެއްވައިފި

profile

އަހުމަދު ޒަލީފު - 26 މާރިޗު 2024 - 08:52

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އުފެއްދި ހައުސިން ކޮމިޓީން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ހައުސިން ކޮމިޓީން އިސްތިއުފާ ދެއްވާފައިވަނީ ސިއްހީ ސަބަބުތަކަކާ ގުޅިގެންނެވެ. އަނީސާ އަކީ މި ކޮމިޓީގެ ޗެއާ އެވެ.

މިމަހުގެ 14 ވަނަ ދުވަހު އުފެއްދި ހައުސިން ކޮމިޓީގައި ދެން ތިއްބަވަނީ އާމިނަތު އީނާސް، އަހުމަދު އަލި މަނިކު، އަބްދުލްއަޒީޒް ޔޫސުފް އަދި މަރިޔަމް ފިޒާނާ ރަޝީދުއެވެ.

ހައުސިން ކޮމިޓީއަކީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސުކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އެ ދެ ސުކީމާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމަން ބޭނުންވާ ލަފާ ދޭނެ ކޮމެޓީއެއް ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅާއެއްގޮތަށް އުފައްދާފައިވާ ކޮމިޓީއެކެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay