
އިސްރާޢީލުން ގެންދަނީ މެދުނުކެނޑި ޣައްޒާއަށް ހަމަލާދެމުން
އްޒާގެ ނަރުހަކު ޝަހީދު ކޮށްލައިފި

އަހުމަދު ޒަލީފު - 12 ނޮވެމްބަރު 2023 - 08:27
ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ނަރުހަކު ޝަހީދު ކޮށްލައިފިއެވެ.
ޤުދުސް ނެޓްވޯކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ޝަހީދު ކޮށްލާފައިވަނީ އާމިރާ ނަބީލް މުހައްމަދު އަލް-ރަޤަބް ނަމަކަށް ކިޔާ ނަރުހެކެވެ. އޭނާ ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ މެދު ސަރަހައްދެއް ކަމަށްވާ ޑިއޭ އަލް- ބަލާހްގައި އޭނާ ދިރިއުޅެމުން ދިޔަ ގެއަށް އަސްކަރީ ވައިގެ އަމަލާތަކެއް ދީގެންނެވެ.
އާމިރާއަކީ ޣައްޒާގެ ކޮން ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އެސަރަހައްދަށް ދިން ހަމަލާގައި އެ ނަރުސް މީހާ ޝަހީދުވެފައިވާއިރު، އެސަރަހައްދު ފާހަގަވެފައިވަނީ ނިރުބަވެރިން ގިނަ ހަމަލާތަކެއް ބަދަލު ކުރަމުން އަންނަ ސަރަހައްދެއްގެ ގޮތުގައެވެ.
ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ފުޅާކޮށް، ހޮސްޕިޓަލްތަކަށް ފާއިތުވި ދުވަސްތަކުގައި ހަމަލާތައް ވަނީ ދީފައެވެ. އަދި މިހާރު ދެމުން އަންނަ ހަމަލާތަކުގައި ނަރުހަކު ޝަހީދުވުމާއި އެކީ ގިނަ ބަޔަކު ވަނީ ޣައްޒާގެ ސިއްހީ ނިޒާމު ފުނޑާލެވިފައިވާ މިންވަރަށްވުރެ އިތުރަށް ސިއްހީ ނިޒާމު ފުނޑާލަން ނިރުބަވެރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން