ޑީޕޯޓު ކޮށްފައިވާ ދެމީހަކު ރާއްޖެ އެތެރެކުރި މައްސަލައިގައި އިމިގްރޭޝަންގެ ދެ އޮފިޝަލަކު ވަޒީފާއިން ވަކިކޮށްފި
ޔޫޝައު ހަސަން - 10 ފެބްރުއަރީ 2023 - 12:27
ރާއްޖޭގެ އެއަރޕޯޓުގައި ފަތުރުވެރިންތަކެއް
ރާއްޖެ އިން ޑީޕޯޓް ކޮށްފައިވާ ބިދޭސީންތަކެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީގެ ފަސް އަހަރު ކުރިން ރާއްޖެ، އެތެރެ ކުރުވި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު، އެ ކަމުގައި ހިމެނުނު އިމިގްރޭޝަންގެ ދެ އޮފިސަރަކު ވަޒީފާ އިން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި 2018 ގައި ކުރި ތުހުމަތަކީ ރާއްޖެ ވަނުން މަނާ ބަންގްލަދޭޝްގެ ދެ މީހަކު އޭރު އެއާޕޯޓު ބެޗް އިންޗާޖުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔަ ޗީފް އިމިގްރޭޝަން އޮފިސަރު އަހުމަދު ގާސިމްގެ ނުފޫޒުން އެތެރެ ކުރުވުމެވެ. ގާސިމްގެ އިތުރުން އެކަމުގައި ހިމެނޭ އަނެއް އޮފިސަރަކީ އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމު ވެސް ފަހަކާ ޖެހެންދެން ފުރުއްވި މޫސާ ރަމީޒެވެ. ރަމީޒަކީ އޭރު އެއާޕޯޓް ޑިވިޝަން ހިންގުމާ ވެސް ހަވާލުވެ ހުންނެވި އޮފިސަރެވެ.
ދެ ބިދޭސީއަކު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރިކަން އެހެން އޮފިސަރުންތަކެއް ރަމީޒަށް ރިޕޯޓްކުރި ނަމަވެސް އޭނާ އެ ކަމާ އަޅާނުލައްވައި މައްސަލަ ނުބަލައި ދޫކޮށްލެއްވި ކަމަށް ތަހުގީގަށް އެނގުނު ކަމަށްއެވެ. ބަޔާން ދިން އޮފިސަރުންތަކެއްގެ ބަޔާން ބަދަލުކޮށް އަދި ދެ ބިދޭސީން ރާއްޖެ އެތެރެކުރި ގާސިމަށް އިދާރީ ފިޔަވަޅު ވެސް ރަމީޒު ނާޅާ ކަމުގެ ތުހުމަތު ކުރިއެވެ.
ގާސިމާ ދެކޮޅަށް ބަޔާން ދިން އޮފިސަރުންގެ ބަޔާން ރަމީޒު ފަހުން ބަދަލުކުރި ސަބަބެއް ކަމަށް ދެއްކި ހުއްޖަތަކީ އޮފިސަރަކަށް "ދިމާވެދާނެ ދެރަ ހާލަތަކަށް" ރިއާޔަތްކޮށް ކަމަށްވަނީ އެނގިފައެވެ.
ދެ ބިދޭސީން ރާއްޖެ އެތެރެކުރުމުގައި، ގާސިމް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރަސްމީ ހައިސިއްޔަތުން އޭނާ އަށް ލިބިފައިވާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން މައްސަލަ ތަހުގީގުކުރި ކޮމެޓީއަށް އެނގިފައިވެއެވެ. އަދި އޭރު އެއާޕޯޓް ޑިވިޝަންގެ އިން ޗާޖް ރަމީޒް ވެސް ބަޔާން ނަގަން ދެ ފަހަރަކު ކޮމިޓީ އަށް ހާޒިރުވާން އެންގުމުން ހާޒިރެއްވެފައި ނުވާކަމަށްވެސް ވެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން