logo

ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހިއްކައި ނިމިއްޖެ

profile

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 12:34

ލ. މާވަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

https://wamco.com.mv/

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން، މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ.

ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި ބޮޑު މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 62 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މާވަށަކީ ޒަމާނުއްސުރެ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށަކަށް ވުމާއެކު، މި މަޝްރޫއު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319