logo

ކާށިދޫ ކަނޑުގައި ސަޕްލައި ދޯންޏެއް އަރިއަލާލައި ދިޔަވާތީ ފުލުހުން ހަރަކާތްތެރިވަނީ!

profile

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 07:41

މުދާތަކެއް ބަރުކޮށްގެން ދަތުރު ކުރަމުން އައި ސަޕްލައި ދޯންޏެއް ކާޝިދޫ ކަނޑުގައި ދިޔަވެ ދޯނި އަރިއަޅާލާފައިވާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައި، ދިޔަވާ ކަމުގެ މައުލޫމާތު މިއަދު 09:57 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"ސީލައިން 3" ނަމަކަށްކިޔާ މި ސަޕްލައި ދޯނީގައި ތިބީ 4 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ. މީގެ އިތުރުން، މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ. ފުލުހުން ދަނީ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގައި އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސްފައިވަނީ އެސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ބ.އޭދަފުށީގެ ޕޮލިސް ލޯންޗެކެވެ.

ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ދޯނީގައި ހުރި ބައެއް މުދާތައް ވަނީ ކަނޑަށް ދޫކޮށްލާފަ އެވެ.

https://wamco.com.mv/
tel:+9607331319