
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާދެނިކޮށް ނިޔާވެއްޖެ!

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 07:30
ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ މީހަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދީފައިވަނީ އެކްސިޑެންޓް ހިނގިު އިރު ސައިކަލު ދުއްވަން އިން ޅ. ކުރެންދޫ، އުމުރުން 62 އަހަރުގެ މުޙައްމަދު އަފީފުއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގަ އެވެ. ނިޔާވި މުޙައްމަދު އަފީފަކީ މާލެއާ ހުޅުމާލޭގެ އެކި ސްކޫލްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޓީޗަރެކެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
މި އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ޅ. ކުރެންދޫ، އުމުރުން 62 އަހަރުގެ މުޙައްމަދު އަފީފުއެވެ.
އެނގިފައިވާ ގޮތުގައި ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓްގައި ދެން އަނިޔާވެފައިވާނީ ސައިކަލު ފަހަތުގައި އިން އޭނާގެ ދަރިއަކަށެވެ. މުޙައްމަދު އަފީފު ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ގުޅުން ހުރި ޙަބަރުތައް
ކާށިދޫ ކަނޑުގައި ސަޕްލައި ދޯންޏެއް އަރިއަލާލައި ދިޔަވާތީ ފުލުހުން ހަރަކާތްތެރިވަނީ!
13 މިނިޓު ކުރިން
ރާއްޖޭގެ ސަފީރުން ތިއްބަވާ ގައުމުތަކުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: ފޮރިންގ މިނިސްޓަރ
25 މިނިޓު ކުރިން

ޕީއެންސީގެ 6 ނައިބު ރައީސުން އިންތިޚާބުކޮށްފި
26 މިނިޓު ކުރިން

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއެޅުމަކީ ޤާނޫނުގައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން
14 ގަޑިއިރު ކުރިން


