logo
ޕީއެންސީގެ ކޮންގްރެސްގައި އެޕާޓީގެ ނައިބްރައީސުންގެ ގޮތުގައި ހޮވުނު 6 ބޭފުޅުން

ޕީއެންސީގެ ކޮންގްރެސްގައި އެޕާޓީގެ ނައިބްރައީސުންގެ ގޮތުގައި ހޮވުނު 6 ބޭފުޅުން

ޕީއެންސީގެ 6 ނައިބު ރައީސުން އިންތިޚާބުކޮށްފި

profile

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 07:28

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

https://wamco.com.mv/

އިންތިޚާބު ކާމިޔާބު ކުރެއްވި ހަ ބޭފުޅުން އިޤްރާރުވުން އޮންނާނީ މިރޭ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައެވެ.

އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން އިންތިޚާބީ ކޮމިޓީއަށް އެ ޝަކުވާ އެއް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން ވަނީ ހުޅުވާލާފައެވެ.

އެ ޝަކުވާތައް ޙިއްސާކުރަން ވާނީ އިންތިޚާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީއާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މިއަދު ހަވީރު 16:00ގެ ފަހުން ޝަކުވާތަކަށް ޖަވާބުދޭނެކަންވެސްވަނީ ހާމަކޮށްފައެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް އާއި، އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، މަސްވެރިކަމާއި ދަނޑުވެރިކަމއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މިބޭފުޅުންގެ އިތުރުން ނައިބު ރައީސްކަމަށް ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވި ފަރާތްތަކާއި ލިބުނު ވޯޓު

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު - 968
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް - 964
ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ - 923 ވޯޓު
އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު - 833
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު - 862 ވޯޓު
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް - 780 ވޯޓު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލު - 301 ވޯޓު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު - 288 ވޯޓު

ޕީއެންސީގެ މަތީމަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ކޮންގްރެސްއަށްފަހުވެސް ޕާޓީ އެއްބައިވަންތަކޮށް އޮތުންވަރަށް މުހިންމުކަމަށެވެ.

އަދި ޕާޓީން އެކުވެރި ރޫހެއްގައި މަސައްކަތްކުރުމަށްވަނީ ބާރު އަޅުއްވާފައެވެ. އެންމެ މެންބަރުން ގިނަ ޕާޓީއާއެކު ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އިސްކުރާނީ ޤައުމީ މަސްލަހަތުކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319