ރާއްޖޭގެ ސަފީރުން ތިއްބަވާ ގައުމުތަކުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: ފޮރިންގ މިނިސްޓަރ

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 07:29
ދިވެހިރާއްޖޭގެ ސަފީރުން ތިއްބަވާ ބޭރުގެ ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންނަށް އަބަދުވެސް އެންމެ މަތީ ފަންތީގައި އެހީތެރިކަން ފޯރުކޮށްދެއްވަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ބޭރުގެ ގައުމުތަކުގައި ތިއްބަބަވާ ދިވެހި ސަފީރުންނާއި މިނިސްޓަރ އިރުތިޝާމް ވަނީ ބައްދަލުކުރެއް ބާއްވާފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ސަފީރުން ތިއްބަވާ ޤައުމާއި ގުޅުން ބަދަހިކޮށް ދިވެހިރާއްޖެއަށް ފައިދާއާއި މަންފާހުރި ފުރުޞަތުތައް ފަހިކޮށް ދިނުމާއި، އެ ޤައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ކޮންސިއުލަރ އަވަސް ޚިދުމަތްތައް ފޯރުކޮށް ދެއްވުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބޭރުގެ އެކި ފަރާތްތަކާ ޙިއްސާކުރުމަށް އިސްކަންދެއްވުމަށް ވަޒީރު ބާރުއެޅުއްވިއެވެ. އަދި އެކި ދާއިރާތައް ކުރިއެރުވުމުގައި މިޝަންތަކުން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވުޒާރާގެ މަސައްކަތްތަކާއި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު، ސަފީރުންނާއި މަޝްވަރާ ކުރެއްވިއެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް-ފަރސްޓް" ނުވަތަ "އެންމެ ފުރަތަމަ ދިވެހިރާއްޖެ" ސިޔާސަތުގެ ދަށުން ރާއްޖެއަށް އިޙްތިރާމްކުރާ، އަދި ދިވެހި ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކޮންމެ ޤައުމަކާއި، ކޮންމެ ޖަމްޢިއްޔާއަކާ އެކު ދިވެހިރާއްޖޭން މަސައްކަތް ކުރައްވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސްގެ އެ ސިޔާސަތު ތަންފީޒު ކުރުމުގައި މިޝަންތަކުގެ ދައުރު މުހިއްމުކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ކާށިދޫ ކަނޑުގައި ސަޕްލައި ދޯންޏެއް އަރިއަލާލައި ދިޔަވާތީ ފުލުހުން ހަރަކާތްތެރިވަނީ!
13 މިނިޓު ކުރިން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާދެނިކޮށް ނިޔާވެއްޖެ!
24 މިނިޓު ކުރިން

ޕީއެންސީގެ 6 ނައިބު ރައީސުން އިންތިޚާބުކޮށްފި
26 މިނިޓު ކުރިން

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއެޅުމަކީ ޤާނޫނުގައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން
14 ގަޑިއިރު ކުރިން


