
ފެލިވަރުގެ އައު ކޯލްޑް ސްޓޯރޭޖް މަސްވެރިންގެ ދުވަހަށް ނިންމަނީ

އާމިނަތު ޝަޒްލާ - 28 އޯގަސްޓު 2026 - 13:46
ޅ. ފެލިވަރުގައި އަލަށް ގާއިމުކުރަމުންދާ 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމައި ޚިދުމަތް ދިނުމަށް އަމާޒު ހިފައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޓީމެއް ވަނީ އިއްޔެ ފެލިވަރަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝްރީ ޖީ. ބާލަސުބްރަމާނިޔަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، މަސްވެރިންނަށް އެ ފެސިލިޓީން ޚިދުމަތް ދޭން ފެށުމެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށާއި، މަސް ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ ނުހަނު މުހިންމު މަޝްރޫޢެކެވެ.
ފެލިވަރުގައި ގާއިމުކުރާ މި ބޮޑު ކޯލްޑް ސްޓޯރޭޖަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން، މަސްވެރިން ބާނާ މަސް ކިރުވުމުގައާއި މަސް ރައްކާކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭސް ލީކުވި ހާދިސާ: ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާގެ ހާލު މިހާރު ސްޓޭބަލް
16 ގަޑިއިރު ކުރިން

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޖަލު ހުކުމެއް އިއްވައިފި
17 ގަޑިއިރު ކުރިން

ޓެލެގްރާމްގައި ބަރަހަނާ މަންޒަރު އާންމުކުރި 3 މީހަކު ޖަލަށްލާން ހުކުމްކޮށްފި
18 ގަޑިއިރު ކުރިން

ގެދޮރު އެޅުމަށާއި ގަތުމަށް މާލީ އެހީ ދިނުމުގެ އައު ޕްރޮގްރާމެއް ފަށަނީ
18 ގަޑިއިރު ކުރިން


