logo

"ދަތިވެއްޖެ!" އެމްޑީޕީގެ ޕިކަޕް ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފި

profile

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 14:53

ރާއްޖޭގެ މިހާރުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން އަޑުއުފުލުމަށް "ދަތިވެއްޖެ!" މި ނަމުގައި ބާއްވާ ޚާއްޞަ ޕިކަޕް ޖަލްސާއަށް ހުރިހާ ރައްޔިތުންނަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަޢުވަތު އަރުވައިފިއެވެ.

https://wamco.com.mv/

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައެވެ. ޖަލްސާ ކުރިއަށްދާނީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު ސަރަޙައްދުގައެވެ.

undefined

އެމްޑީޕީން މަޢުލޫމާތު ދޭ ގޮތުގައި، މި ޖަލްސާގެ މައިގަނޑު މަޤްޞަދަކީ މިހާރު ރާއްޖޭގެ ކަންކަން ހުރި ގޮތުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކައި، ރައްޔިތުންގެ އިޙްސާސްތައް ބަޔާންކުރުމެވެ. މި ޖަލްސާގައި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޤައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

"ދަތިވެއްޖެ!" މި ޝިޢާރުގެ ދަށުން ބާއްވާ މި ޕިކަޕް ޖަލްސާއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

އެމްޑީޕީން ވަނީ ވީހާވެސް ގިނަ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ އަޑު އިއްވުމުގައި ބައިވެރިވުމަށް އެދިފައެވެ.

https://wamco.com.mv/
tel:+9607331319