
"ބޮޑު ބަދަލު" އިސްލާހީ އެޖެންޑާއަށް އާންމުންގެ ހިޔާލު ހޯދުމަށް ޚާއްސަ ވެބްސައިޓެއް!

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 13:25
ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ މުހިންމު އިސްލާހުތަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ޚާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
މި ވެބްސައިޓް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ (މޯލްޑިވްސް ޑިމޮކްރަޓިކް ފާޓީ) އެމްޑީޕީގެ ޗެއަރޕާސަން، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ބޮޑު ބަދަލު" އިސްލާހީ އެޖެންޑާއާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމަށް އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް، ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ އަގުހުރި ހިޔާލާއި އިރުޝާދު ހިއްސާކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާއާއެކު ގެނެވޭ ބަދަލުތަކަކަށް ހެދުމެވެ. އެމްޑީޕީން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ވެބްސައިޓް މެދުވެރިކޮށް ހިޔާލު ހުށަހެޅުމަށް ދައުވަތު އަރުވާފައެވެ.
މިއީ ރާއްޖޭގެ ދިމިގްރާތީ ނިޒާމު ހަރުދަނާކުރުމަށާއި، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ރައްޔިތުން ބޭނުންވާ ގޮތަށް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ދަތިވެއްޖެ!" އެމްޑީޕީގެ ޕިކަޕް ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފި
15 ގަޑިއިރު ކުރިން
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ: ފައްޔާޒް
16 ގަޑިއިރު ކުރިން

ފެހި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ބާރުތައް މަސްހުނިވަމުންދާތީ ކުރީގެ ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި
16 ގަޑިއިރު ކުރިން

އެނގުމަކީ ބާރެއް ބަންޑާރަނައިބުގެ އޮފީހުން އިފްތިތާޙުކޮށްފި
16 ގަޑިއިރު ކުރިން


