logo

އެނގުމަކީ ބާރެއް ބަންޑާރަނައިބުގެ އޮފީހުން އިފްތިތާޙުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 07 އޯގަސްޓު 2026 - 13:03

ގާނޫނީ ނިޒާމަށް އަހުލުވެރި، ހައްގުތަކާއި ޒިންމާތަކަށް ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި، "އެނގުމަކީ ބާރެއް" ނަމުގައި ބަންޑާރަނައިބުގެ އޮފީހުން ހާއްސަ ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މި ކެމްޕޭނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު، ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން ހިންގާ "އެއިމް (AIM) ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. "އެނގުމަކީ ބާރެއް" ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ގާނޫނީ މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، ގާނޫނުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ.

މީގެ އިތުރުން، ކޮންމެ ރައްޔިތަކަށްމެ އެ މީހެއްގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ އެކި ކަންކަމުގައި އިތުބާރާއެކު ގޮތް ނިންމުމުގެ ގާބިލުކަން ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު މަގްސަދެކެވެ.

މި ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ އެކި ހަރަކާތްތަކާއި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށްގެން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން، އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ގާނޫނީ މައުލޫމާތުތައް ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތްތަކަށް ފޯރުކޮށްދެވޭނެއެވެ.

ގާނޫނީ ނިޒާމަށް އާންމުން ކުރާ އިތުބާރު ބޮޑުކުރުމަށާއި، ގާނޫނުގެ އިސްތިގުލާލު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ ބަންޑާރަނައިބުގެ އޮފީހުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ މަސައްކަތެކެވެ.

https://wamco.com.mv/
tel:+9607331319