logo

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ: ފައްޔާޒް

profile

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 13:45

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ވޭތުވެދިޔަ 18 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ހައްދެއް ނެތް ބާރުތަކުގެ ސަބަބުންނާއި، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ "ގޮނޑިކޮއްކޮ" މަޖިލީހަކަށް ބަދަލުވަމުންދާ ދިއުމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. މީގެ އިތުރުން، ސިޔާސީ ނުފޫޒާއި ގަޑުބަޑުކުރުންތަކުގެ ތެރޭގައި ތާށިވެފައިވާ ޝަރުއީ ނިޒާމަށް ވެސް އަވަސް ފަރުވާތަކެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒް ހުށަހަޅުއްވާ ބޮޑު ބަދަލަކީ، ދައުލަތުގެ ބާރުތައް ހަގީގީ މާނައިގައި ވަކިވެފައިވާ، އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި ބާރުވެރިކަން ކަށަވަރުކޮށްދޭނެ ފަދަ ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމެވެ. މި ބަދަލުތަކުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ފާރަވެރިކަމާއި ޒިންމާދާރުކުރުވުން ހަރުދަނާކުރުން ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.

މި އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ފައްޔާޒް އިތުރަށް ވިދާޅުވީ، މި ހުށަހެޅުންތައް ފުރިހަމަވާނީ މިއަދުގެ ގާނޫނުއަސާސީއަށާއި ގެންނަން ފެންނަ ބޮޑު ބަދަލާ މެދު ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ރައްޔިތުންގެ ހިޔާލާއި ފާޑުކިޔުން އެކަމަށް ލިބިގެން ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާއިރު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވީ އަބްދުއްރަހީމް އަބްދުﷲ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިހާރު އޮތް ނިޒާމުގެ ތެރެއިން ސަރުކާރުން ދަނީ މަޖިލީހުގެ މައްޗަށް ބޮޑެތި ނުފޫޒުތަކެއް ފޯރުވަމުންނެވެ.

https://wamco.com.mv/
tel:+9607331319