logo

ވިލުންތެރި ދައުލަތަކަށް ބޭނުންވަނީ ނަޒާހަތްތެރިކަން: ރައީސް

profile

ރިޟްވާން މޫސާ - 05 އޯގަސްޓު 2026 - 13:09

ވިލުންތެރި އުފެއްދުންތެރި ދައުލަތެެއ ބިނާ ކުރުމަށް ބޭނުންވަނީ ކޮރޮޕްޝަނާއި މުޅިން އިދިކޮޅު ނަޒާހަތްތެރިކަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ބޭއްވި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވިދާޅުވީ ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުންކަމަށެވެ.

އަދި ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމަށާއި މިއީ، ދައުލަތްތަކުގެ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދައުލަތުގެ މާލިއްޔަތަށް ދޭ ކޮންމެ ފައިސާއަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަކަށް ވާންޖެހޭކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި އެއީ ޤައުމު ކުރިއެރުމުގެ އަސާސްކަމަށް ވިދާޅުވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ގިނަ ޤައުމުތަކަކީ، ދަރަނި މެނޭޖުކުރަމުން މުސްތަގުބަލުގައި ވުނަ ކުރާ ޤައުމުތަކެއް ކަމަށާއި، ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައިގެން ތިބެ ކުއްލި ޙާލަތްތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކެއް ކަމަށެވެ. އަދި އެފަދަ ޤައުމުތަކަކީ އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ހިމާޔަތްކުރަމުންދާ ޤައުމުތަކެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި، ބޭރުގެ ފިއްތުންތަކާ އެކުގައިވެސް، ޤައުމުގެ މުސްތަގުބަލަށް ވުނަކުރަމުން، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުންގެންދާކަމަށެވެ.

https://wamco.com.mv/
tel:+9607331319