
ގްރޭޑް 10 ގައި ކިޔަވާ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި!

ރިޟްވާން މޫސާ - 05 އޯގަސްޓު 2026 - 13:28
ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ގްރޭޑް 10 ގައި ކިޔަވަމުންދާ 16 އަހަރުގެ ކުއްޖާ ރޭޕްކޮށްފައި އޮއްވާ ފެނުނީ ފަޅުގެއެއް ތެރެއިންނެވެ.
މި މައްސަލަ އާއި ގުޅުން ހުރި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. ނަމަވެސް މި މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނަ ކަން ފާހަގަކުރެވިފައިވާއިރު މި އަހަރު މިހާތަނަށް ފުލުހުންނަށް ޖިންސީގޯނާގެ 158 ކޭސް ވަނީ ހުށަހަޅާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލުންތެރި ދައުލަތަކަށް ބޭނުންވަނީ ނަޒާހަތްތެރިކަން: ރައީސް
8 ގަޑިއިރު ކުރިން

ކަމަދޫ އާޢި ކިހާދޫގެ ކަރަންޓުގެ މައްސަލަ ދަނީ ހައްލުކުރަމުން: މިނިސްޓަރ
8 ގަޑިއިރު ކުރިން

ރައީސްގެ ދެ ކަނބަލުންނަށް އުކުޅަހުން ރަތް ދޫލައިގައި ހޫނު މަރުހަބާ އެއް!
8 ގަޑިއިރު ކުރިން

ޞައްހަ މަޢުލޫމާތާއެކު އެސްޑީޖީތައް ހާސިލްކުރުމަށް އޮޑިޓް އިދާރާތަކުގެ ދައުރު މުހިންމު: އޮޑިޓާ ޖެނެރަލް
8 ގަޑިއިރު ކުރިން


