logo

ކަމަދޫ އާޢި ކިހާދޫގެ ކަރަންޓުގެ މައްސަލަ ދަނީ ހައްލުކުރަމުން: މިނިސްޓަރ

profile

ރިޟްވާން މޫސާ - 05 އޯގަސްޓު 2026 - 13:06

ބ.ކަމަދޫ އާއި، އެއަތޮޅު ކިހާދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އެމަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކިހާދޫ އާއި ކަމަދޫގެ ކަރަންޓުގެ މައްސަލައިގެ މަސައްކަތުގެ އަދާ ހަމަ ހޯދުމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެބްރަު މައުރޫފް ޒާކިރު ވަނީ ލިޔުމުން މި މަސައްކަތުގެ އަދާހަމަ ތަފްސީލް ދެއްވުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ކަމަދޫގައި ހިންގަމުންދާ މަޝްރޫޢާ ގުޅޭގޮތުން ފޮނުއްވި ޖަވާބުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް މިދިޔަ ޖުލައި މަހުގެ 20ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އަދި ކަމަދޫ ބަނދަރު ސަރަހައްދަށް ކަރަންޓު ދޫކޮށްފައިވާ ކޭބަލް ނެޓްވަރކަށް ދިމާވި މައްސަލަވެސް މިހާރު ހައްލުކުރެވިފައިވާ ކަމަށް ވިދާޅުުވިއެވެ.

ވަޒީރު ވިދާޅުވީ ކަމަދޫގެ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ރަށުގައި ގާއިމުކޮށްފައިވާ ކަރަންޓު ވިއުގަ މިހާރުގެ ލޯޑަށް ނުކެތުމުގެ ސަބަބުން ވޯލްޓޭޖް ދަށްވުމާއި ކޭބަލްތައް އޯވަލޯޑްވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. މި މައްސަލައަށް ސަރުކާރުން ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެގޮތުން ރަށުގެ ކޭބަލް ނެޓްވަރކް އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާވޭއާއި ޑިޒައިންގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

ކިހާދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް އިތުބާރު ހިފޭ ޚިދުމަތަކަށް ހެދުމަކީވެސް ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ.

އެގޮތުން، އެ ރަށުގެވެސް ކަރަންޓުގެ ޚިދުމަތް ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް މިދިޔަ ޖުލައި މަހުގެ 20 ގައި ނިމިފައިވާ ކަމަށާއި މިބަދަލާއެކު އެރަށުގެ ކަރަންޓުގެ ނިޒާމު ހުރިގޮތާއި ކުރިމަތިވާ މައްސަލަތައް ދެނެގަތުމަށްޓަކައި ޚާއްސަ ދިރާސާއެއް ސްޓެލްކޯއިން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319