
ރައީސްގެ ދެ ކަނބަލުންނަށް އއ.އުކުޅަހުން ރަތް ދޫލައިގައި ހޫނު މަރުހަބާ އެއް!
ރައީސްގެ ދެ ކަނބަލުންނަށް އުކުޅަހުން ރަތް ދޫލައިގައި ހޫނު މަރުހަބާ އެއް!

ރިޟްވާން މޫސާ - 05 އޯގަސްޓު 2026 - 13:04
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އއ. އުޅަހަށް ވަޑައިގަތުމުން ރަތް ދޫލައިގައި އެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
އެ މަނިކުފާނަށް އިސްތިޤްބާލުކުރުމަށްޓަކާ އެ ރަށުގެ އިދާރާތަކުގެ އިސްވެރިންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވެއެވެ. މިއީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އުކުޅަހަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ.
ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައެވެ. އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމްޢިއްޔާއާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަގުރީރު ވެސް ކުރައްވާފަ އެވެ.
26 ޤައުމަކުން 46 މަންދޫބުން ބައިވެރިވާ މި މަހާސިންތާގެ މައިގަނޑު މަޤުސަދަކީ އޮޑިޓްކުރުމުގައި ބޭނުންކުރާ އަމަލީ އުސޫލުތައް ހިއްސާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމުގައި އެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާކުރުމެވެ.
މިމަހުގެ 6 އަކުން 7 އަށް އުކުޅަހުގައި ކުރިއަށްގެންދާ އެ ސަމިޓަކީ އޮޑިޓަރ ޖެނެރަލް އޮފީހާއި އިންޓޮސައި ގުޅިގެން ބޭއްވި ސަމިޓެކެވެ.
ގުޅުން ހުރި ޙަބަރުތައް

އުކުޅަހު އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި
9 ގަޑިއިރު ކުރިން

ގްރޭޑް 10 ގައި ކިޔަވާ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި!
9 ގަޑިއިރު ކުރިން

ވިލުންތެރި ދައުލަތަކަށް ބޭނުންވަނީ ނަޒާހަތްތެރިކަން: ރައީސް
9 ގަޑިއިރު ކުރިން

ކަމަދޫ އާޢި ކިހާދޫގެ ކަރަންޓުގެ މައްސަލަ ދަނީ ހައްލުކުރަމުން: މިނިސްޓަރ
9 ގަޑިއިރު ކުރިން


