
އުކުޅަހު އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 13:30
އއ. އުކުޅަހުގައި މި ސަރުކާރުން ތަރައްގީ ކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތްތައް ނިންމައި، އެ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ކޯޓު ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ބެހޭ ވުޒާރާއިން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
މި މަޝްރޫއަށް ޖުމްލަ 1,359,163.58 (އެއް މިލިއަން ތިންލައްކަ ފަންސާސް ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަންސަވީސް ލާރި) ހަރަދުވެފައިވެއެވެ.
މި ވޮލީކޯޓަކީ ޒަމާނީ ވަސީލަތްތަކާއެކު، ރޭގަނޑުވެސް ކުޅިވަރު ކުޅެވޭނެހެން ފުރިހަމަ ލައިޓިންގ ސިސްޓަމަކާއެކު ފެންވަރު ރަނގަޅުކޮށް ތަރައްގީކޮށްފައިވާ ކޯޓެކެވެ.
ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ކޯޓުގައި އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީގެ ކުނި ކުނބުރުދޫއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެމްޑީޕީ އިން އެދިއްޖެ
3 ގަޑިއިރު ކުރިން

އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
5 ގަޑިއިރު ކުރިން
އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރަން ރުހުން ދީފި
5 ގަޑިއިރު ކުރިން

މިއަދުގެ ހާލަތަށް ވިސްނައި ބަދަލުނުކޮށް ދެން ކޮޅަކަށް ނުހުރެވޭނެ: ޝިފާޒް
7 ގަޑިއިރު ކުރިން


