
ޞައްހަ މަޢުލޫމާތާއެކު އެސްޑީޖީތައް ހާސިލްކުރުމަށް އޮޑިޓް އިދާރާތަކުގެ ދައުރު މުހިންމު: އޮޑިޓާ ޖެނެރަލް

ރިޟްވާން މޫސާ - 05 އޯގަސްޓު 2026 - 13:02
ޞައްހަ މައުލޫމާތުގެ އަލީގައި ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް(އެސްޑީޖީ) ނުވަތަ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކުގެ އޮޑިޓް އިދާރާތަކުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަމަށް، އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމަށާއި، އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމްޢިއްޔާ "އިންޓޯސައި"އިން އއ އުކުޅަހުގައި ބާއްވާ އައިޑީއައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއެކު ތަރައްޤީ އާއި ކުރިއެރުން ހޯދުމަށްޓަކާ އޮޑިޓް އިދާރާތަކުގެ ދައުރު ވަރަށް ފުޅާކަމަށެވެ. އެ ދައުރު ފުރިހަމައަށް އަދާކުރުމަށް "އިންޓޯސައި"އިން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭކަމަށެވެ.
މީގެ އިތުރުން "އައިޑީއައި" މެދުވެރިކޮށް ހިންގާފައިވާ ޕްރޮގްރާމްތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކުގެ ޤާބިލްކަން އެތައް ގުނައެއް އިތުރުވާކަން ފާހަގަކުރައްވަމުން މިއަދު ފަށާ، އައިޑީއައި ގްލޯބަލް ސަމިޓްގެ ސަބަބުން އޮޑިޓް އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ފުރިހަމަވާނެކަމަށް ވިދާޅުވިއެވެ.
ނިޔާޒީ ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާއަށް އަލިއަޅުވާލައްވާފައެވެ. އެ މަހާސިންތާގެ އަލީގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރުމާއި، މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރިކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އޮޑިޓްކުރުމުގެ ދައުރު ފުޅާކުރުމަށް ވެސް އެ މަހާސިންތާގައި ޚިޔާލުބަދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަމާއި، އިޤްތިސާދީ ހަމަޖެހުމާއި، އާއްމުންގެ ދުޅަހެޔޮކަމަށް ސީދާގޮތުން އަސަރުކުރާކަމަށް އޮޑިޓަރޖެނެރަލް ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާއި، ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި، ވަސީލަތުގެ ދަތިކަމާއި، ކުރިއެރުމަށް އޮންނަ ޕްރެޝަރާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިލާން ޖެހޭކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޑް 10 ގައި ކިޔަވާ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި!
9 ގަޑިއިރު ކުރިން

ވިލުންތެރި ދައުލަތަކަށް ބޭނުންވަނީ ނަޒާހަތްތެރިކަން: ރައީސް
9 ގަޑިއިރު ކުރިން

ކަމަދޫ އާޢި ކިހާދޫގެ ކަރަންޓުގެ މައްސަލަ ދަނީ ހައްލުކުރަމުން: މިނިސްޓަރ
9 ގަޑިއިރު ކުރިން

ރައީސްގެ ދެ ކަނބަލުންނަށް އުކުޅަހުން ރަތް ދޫލައިގައި ހޫނު މަރުހަބާ އެއް!
9 ގަޑިއިރު ކުރިން


