logo

އުކުޅަހުގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 13:25

އއ. އުކުޅަހުގައި ސަރުކާރުން ކުރިއަށްގެންދާ 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި އުކުޅަހު ކައުންސިލްގެ ރައީސްގެ އިތުރުން، މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށްވާ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ 11 މަސްދުވަސް ކުރިން ރައީސް އުކުޅަހަށް ކުރެއްވި ޒިޔާރަތެއްގައި، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އިޞްލާޙުކޮށް 250 ގޯތި ދޫކުރުމާއި، 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ.

ރައީސް އޭރު ވިދާޅުވެފައިވަނީ މި މަޝްރޫޢުތަކާއެކު އުކުޅަހަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ގާތްގަނޑަކަށް 1,185 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހަކީ މަސްވެރިކަމުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި، މި ހައުސިންގ މަޝްރޫޢުގެ ސަބަބުން ރަށުގެ އިޤްތިސާދީ ދުވެލި ހަލުވިވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް މަތިވެގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319