
މަސްޖިދުލް ހަރަމްގެ މުއައްޒިން އަވަހާރަވެއްޖެ

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 12:27
މައްކާގެ މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 50 އަހަރުގައި އަވަހާރަވި ޝައިޚް އިބްރާހީމަކީ، އުމުރުފުޅުން އެންމެ 15 އަހަރުގައި ބަންގި ގޮވުމުގެ ޚިދުމަތް ފެއްޓެވި ބޭފުޅެކެވެ.
އެމަނިކުފާނު އެންމެ ފުރަތަމަ ބަންގި ގޮވަން ފެއްޓެވީ އެމަނިކުފާނު ދިރިއުޅުއްވި އަވަށުގެ މިސްކިތުގައެވެ.
މަސްޖިދުލް ޙަރާމްގެ މުއައްޛިނެއްގެ މަގާމަށް އެމަނިކުފާނު ހަމަޖެއްސެވީ 2018 ވަނަ އަހަރުގައެވެ.
ކީރިތި ޤުރްއާނުގެ ޢިލްމުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޝައިޚް އިބްރާހީމް ފާހަގަކުރެވިފައިވަނީ، މަދީނާއާއި މައްކާގެ ބަންގީގެ ރާގުތައް އެއްކޮށްލައްވައިގެން ވަރަށް ހިތްގައިމު އަދި ރީތި ރާގަކަށް ބަންގި ގޮއްވެވި ބޭފުޅެއްގެ ގޮތުގައެވެ.
މަދީނާގެ ރާގުތަކުގެ އިތުރުން މައްކާގެ ޚާއްޞަ ރާގުތައް އެމަނިކުފާނު ދަސްކުރެއްވީ، މަސްޖިދުލް ހަރަމްގެ ކުރީގެ މަޝްހޫރު މުއައްޛިން ޝައިޚް ޢަބްދުއްލަޠީފް މުއްލާގެ އަރިހުންނެވެ.
މި ޚާއްޞަ ހުނަރުގެ ސަބަބުން އެމަނިކުފާނަށް ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން ލިބިވަޑައިގެންފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޝައިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަނީ
17 މިނިޓު ކުރިން

އޮޕަރޭޝަނަލް ދާއިރާތަކަށް ކެރިގެން އަންހެން ފުލުހުން ކުރިމަތިލާން ސީޕީ ގޮވާލައްވައިފި
33 މިނިޓު ކުރިން

ކައްޗަލަ އެކްސްޕޯޓްކުރުމުގެ ހަމަތައް ކަނޑައަޅައި، 7 ފަރާތަކަށް ކޯޓާ ދޫކޮށްފި
33 މިނިޓު ކުރިން

އެސް ސެވަން އެއަރލައިން އިން ރާއްޖެއަށް ދަތުރުތައް ފަށަނީ
33 މިނިޓު ކުރިން


