
އެސް ސެވަން އެއަރލައިން އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 12:27
ރަޝިޔާގެ އަމިއްލަ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެސްސެވަން އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެސްސެވަން އެއާލައިނުން ކޮންމެ ހަފުތާއަކު ދެ ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކޮންމެ ހޯމަ އަދި ހުކުރު ދުވަހަކު އޮންނަ މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެވެ. މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރިއަށްދާނީ ރަޝިޔާގެ ނޯވޯސިބިރްސްކް ސިޓީއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ. މިއާއެކު، މި އެއާލައިން ވެގެންދާނީ ރަޝިޔާގެ ވެރިރަށް މޮސްކޯ ފިޔަވައި އެހެން ސިޓީއަކުން ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވާ ފުރަތަމަ އެއާލައިނަށެވެ.
މި ދަތުރުތައް ފެށުމަށް މަގުފަހިވެގެން ދިޔައީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުގައެވެ.
މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަން ވެސް ވަޒީރު ވަނީ މީގެކުރިން ހާމަކުރައްވާފައެވެ.
މި އައު ދަތުރުތަކާ ގުޅިގެން، ރަޝިޔާގެ މަޝްހޫރު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ 'ޓެޒް ޓުއާ' އިން މިހާރު ވަނީ ރާއްޖެއަށް ހާއްސަ ޗުއްޓީ ޕެކޭޖުތަކެއް ވިއްކަން ފަށާފައެވެ. އެގޮތުން، ކުރީބައިގައި ބުކިން ހައްދަވާ ފަރާތްތަކަށް އެކޮމޮޑޭޝަނުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ހާއްސަ ފުރުސަތުތަކެއް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝައިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަނީ
14 މިނިޓު ކުރިން

މަސްޖިދުލް ހަރަމްގެ މުއައްޒިން އަވަހާރަވެއްޖެ
30 މިނިޓު ކުރިން

އޮޕަރޭޝަނަލް ދާއިރާތަކަށް ކެރިގެން އަންހެން ފުލުހުން ކުރިމަތިލާން ސީޕީ ގޮވާލައްވައިފި
30 މިނިޓު ކުރިން

ކައްޗަލަ އެކްސްޕޯޓްކުރުމުގެ ހަމަތައް ކަނޑައަޅައި، 7 ފަރާތަކަށް ކޯޓާ ދޫކޮށްފި
30 މިނިޓު ކުރިން


