logo

ކައްޗަލަ އެކްސްޕޯޓްކުރުމުގެ ހަމަތައް ކަނޑައަޅައި، 7 ފަރާތަކަށް ކޯޓާ ދޫކޮށްފި

profile

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 12:27

ދިވެހިރާއްޖޭގައި އަހަރީ މުއްދަތަކަށް ކުރިއަށްގެންދާ ހުއިފިލަނޑާގެ މަސްވެރިކަމުގެ ތެރެއިން ބާނާ ކައްޗަލަ އެކްސްޕޯޓްކުރެވޭނެ އުސޫލުތަކާއި މިންވަރު ކަނޑައަޅައި، ޝަރުތުހަމަވި ހަތް ފަރާތަކަށް އެކަމުގެ ކޯޓާ ދޫކޮށްފިއެވެ.

https://wamco.com.mv/

ކައްޗަލައަކީ އޭގެ އާބާދީ މަދުވަމުންދާތީ، 2022 ވަނަ އަހަރު ބޭއްވި ސައިޓީސް ބައްދަލުވުމުގައި އެ މުއާހަދާގެ ދެވަނަ ޖަދުވަލުގައި ހިމަނައި، ހިމާޔަތްކޮށްފައިވާ ބާވަތެކެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ތައްޔާރުކުރި މި ބާވަތުގެ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް) ރިޕޯޓަށް ރިއާޔަތްކޮށް، މިއަދުން ފެށިގެން 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވަނީ ހިއްކާފައިވާ ކައްޗަލައިގެ 10.95 ޓަނުގެ ކޯޓާއެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އުސޫލުތަކާ އެއްގޮތަށް ޝަރުތުހަމަވެ، ސައިޓީސް ޕާމިޓާއެކު ކޯޓާ ހަމަޖެހިފައިވާ 7 ކުންފުންޏަކީ

  • އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
  • އެސް.އެމް އިންވެސްޓްމަންޓް
  • މަލަކް އިންވެސްޓްމަންޓް
  • ވިލިނގިލި ފިޝް ވިލެޖް
  • ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  • ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
  • ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓްމަންޓް

https://wamco.com.mv/
tel:+9607331319