logo

އޮޕަރޭޝަނަލް ދާއިރާތަކަށް ކެރިގެން އަންހެން ފުލުހުން ކުރިމަތިލާން ސީޕީ ގޮވާލައްވައިފި

profile

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 12:27

އޮޕަރޭޝަނަލް އަދި ތަހުގީގީ ދާއިރާތަކަށް އިސްނަގައިގެން، ކެރިގެން ކުރިމަތިލުމަށް އަންހެން ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ވިމެން އިން ޕޮލިސިންގ ހަރަކާތަށް 4 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ ތަހުގީގު ތަކުގައި ފިރިހެން ފުލުހުންނަށް ނުފެންނަ ތަފާތު ނަޒަރިއްޔާތުތަކުން ކަންކަން ދެނެގަނެ، ވިސްނުމުގެ ގާބިލުކަން އަންހެން ފުލުހުންގެ ކިބައިގައި ހުންނަ ކަމަށެވެ. އަދި އެންމެ 10 އަންހެން ފުލުހުންނާއެކު ފެށި މި ހިދުމަތުގައި، މިހާރު 1،300 އަށްވުރެ ގިނަ އަންހެން ފުލުހުން ހިދުމަތް ކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފުލުހުންގެ މުއައްސަސާގައި ކުރިއަށްދިއުމުގެ ހަމަހަމަ ފުރުޞަތު އަންހެން ފުލުހުންނަށްވެސް ފަހިވެފައިވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، ވަޒީފާއަށް މީހުން ހޮވުމުގައާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ތަމްރީނުތަކުގައިވެސް ގިނަ ޢަދަދެއްގެ އަންހެން ފުލުހުން ބައިވެރިވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ލީޑަރޝިޕްގެ އިސް ސަފުން އަންހެން ފުލުހުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ފެންނަން އެދިވަޑައިގަންނަވާކަން ހާމަކުރައްވައި، މުއައްސަސާގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޝައުޤުވެރިކަމާއެކު ކުރިއަށް ނުކުތުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ ޢަޒުމް ކަނޑައަޅައި، ކޮންމެ ޙާލަތަކާވެސް ކުރިމަތިލެވޭނެ ފަދަ ނަފްސާނީ އަދި ޖިސްމާނީ ތައްޔާރުކަމެއްގައި ސާބިތުވެ ތިބުމަށް ކޮންމެ އަންހެން ފުލުހަކަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ބާރުއެޅުއްވިއެވެ.

https://wamco.com.mv/
tel:+9607331319