މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ރިޟްވާން މޫސާ - 30 ޖުލައި 2026 - 20:31
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މީރުމާގައި ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
"މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގައި މި ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ބޭނުންވާ މުހިއްމު މައުލޫމާތުތައް ހޯދައި އެއާއި އެއްކޮށް ތިލަފުށި ރިލޮކޭޓްކުރުމުގެ މަސައްކަތް ފެށުން. އަދި ވިޔަފާރިތަކަށް ވީހާވެސް ފަސޭހަވާނެގޮތަކަށް ހުރިހާ މުއައްސަސާތަކެއްގެ ވިސްނުމާއި އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކުރުން" ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ މަޢުލޫމާތުތައް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް، މި މަސައްކަތުގައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ތިލަފުށި ބަނދަރު "ސްޓޭޓް އޮފް ދި އާޓް" ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިޤްތިޞާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ބީއެމްއެލް އިން އޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައި ބާއްވަނީ
5 ގަޑިއިރު ކުރިން

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީގެ ބޯޑަށް ނަޒުލީނާ
5 ގަޑިއިރު ކުރިން

ލޯނުތައް އަނބުރާ ދެއްކުމަށް 9.2 ބިލިއަން ރުފިޔާ ހޭދަކޮށްފި
10 ގަޑިއިރު ކުރިން

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)