logo

ލޯނުތައް އަނބުރާ ދެއްކުމަށް 9.2 ބިލިއަން ރުފިޔާ ހޭދަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 11:40

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި އަދާކުރުމަށް 9.2 ބިލިއަން ރުފިޔާ ހަރަދުކޯށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހޭދަވި 3.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 178 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މުޅި މިއަހަރަށް ބަލާއިރު، ދަރަނި އަނބުރާ ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މާލީ ވުޒާރާއިން ލަފާކުރެއެވެ. ޖުމްލަ ޚަރަދުތައް މަތިވި ނަމަވެސް، ނިމިދިޔަ ޖޫން މަހު ލޯނު ދެއްކުމަށް ހޭދަވި 288 މިލިއަން ރުފިޔާއަކީ، ވޭތުވެދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު 58 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ ތެރޭގައި ދައްކަންޖެހުނު ބޮޑެތި ލޯނުތައް އަދާކުރުމަށް ސަރުކާރުން މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ސަވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ގައި ހުރި ފައިސާއެވެ.

މިއީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެމް.އޭ.ސީ.އެލް އިން ލިބޭ ޑިވިޑެންޑް ފަދަ އާމްދަނީތައް ރައްކާކުރުމަށް އުފައްދާފައިވާ ފަންޑެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk