logo

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީގެ ބޯޑަށް ނަޒުލީނާ

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 17:09

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެންބަރުކަމަށް ދަފްތަރު ނަންބަރު ރސ 8557، މަރްޔަމް ނަޒްލީނާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަނު ކޮށްފިއެވެ.

https://wamco.com.mv/

ޕީސީބީން ހާމަކުރެއްވި ގޮތުގައި ނަޒްލީނާ މި މަގާމަށް އައްޔަނުކުރައްވާފައިވަނީ 30 ޖުލައި 2024 ގައެވެ.

މަރްޔަމް ނަޒްލީނާއަކީ މިހާރުވެސް މިނިސްޓްރީ އޮފް ފައިނޭންސްގެ ސީނިއަރ އައި.އެފް.އެމް.އައި.އެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމު ފުރުއްވަމުން ގެންދަވާ، މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

އެކަމަނާއަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ޢަމަލީ ތަޖުރިބާ ހޯއްދަވާފައިވާ، ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ނަޒްލީނާއަކީ، ސެޕް އެފް.އައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރެއްވުމުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ނަޒްލީނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk