logo

މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި

profile

އައިޝަތު ޝާނީ - 21 ފެބްރުއަރީ 2023 - 19:09

މާލޭ ސިޓީ ކައުންސިލް އިދާރާ

މާލޭ ސިޓީ ކައުންސިލް އިދާރާ


މާލޭގެ ގިނަ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެގޮތުން އާސަހަރާ މިސްކިތް – "މަސްޖިދުއް ތައާވުން" ގައި މިސްކިތުގެ ވުލޫކުރާ ބައިގެ ފެން ލީކުވާ މައްސަލަ ހައްލުކުރެވިފައިވާކަމަށާއި ވިޔަފާރިވެރިންގެ މިސްކިތުގައި ހަލާކުވެފައިވާ ޝީޓު މަރާމާތުކުރެވިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެއިތުރުން އާދިލް މިސްކިތުގެ ވުލޫ ކުރާ ބައިގެ ސީލިންގ އާއި ފުރާޅު ބަދަލު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު، އެހެން ބައެއް މިސްކިތްތަކުގައި ކުލަ ލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދޭ. އެގޮތުން ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ ކުލަލުމުގެ މަސައްކަތުގެ އިތުރުން އަފީފުއްދީން މިސްކިތާއި ބަންޑާރަ މިސްކިތުގައި ކުލަ ލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އަންނަ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް މާލެ ސިޓީ ކައުންސިލުންވަނީ ފަންޑް ރައިސިން އީވަންޓްތަކެއްވެސް ބާއްވާފައިއެވެ. އެގޮތުން ކުރިއަށްގެންދިޔަ "ޗާލު މިސްކިތް" ފަންޑް ރައިސިން ހަރަކާތްތަކުން ޖުމްލަ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދީގެން ފާހަގަކޮށްފައިވާ ކަމަކީ މާލޭގެ މިސްކިތްތައް ޒީނަތްތެރި ކުރުންކަމަށާއި އެގޮތުން މާލޭ ސިޓީ ކައުންސިލްގެ ފަލްސަފާއެއްގެ ގޮތުގައި ކަނޑައަޅާފައިވާނީ މާލޭގެ އެންމެ ރީތި ބިނާތަކަކީ މާލޭގެ މިސްކިތްތައް ކަމުގައި ހެދުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން މާލޭ ސަރަހައްދުގެ 28 މިސްކިތެއް ބަލަހައްޓަންޖެހެއެވެ.

tel:+9607331319