
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 937 މިލިއަން ރުފިޔާ ޖަމާކޮށްފި

މުޙައްމަދު ފަޟްލޫން - 29 ޖޫން 2025 - 07:55
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް 937 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު، އެސްޑީއެފްއަށް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 937 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 643.6 މިލިއަން ރުފިޔާއެވެ.
ސަރުކާރުން އަންދާޒާކުރަނީ މިއަހަރު ނިމުމުގެ ކުރިން އެސްޑީއެފްއަށް އެއް ބިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.
ސަރުކާރުން ދަނީ ސޮވެރިން ފަންޑު އިތުރުކުރުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކޮންމެ މަހަކު ވެސް ސަރުކާރުން އެ ފަންޑު އިތުރުކުރުމަށް ފައިސާ ޖަމާކުރެއެވެ.
ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން