logo

އައިޖީއެމްއެޗްގައި އައިނު ފިހާރަ މިމަސް ނިމުމުގެ ކުރިން ހުޅުވަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2025 - 05:12

މި ޖުލައި މަސް ނިމުމުގެ ކުރިން އައިޖީއެމްއެޗް ގައި ގާއިމުކުރަމުންދާ އައިނު ފިހާރަ ހުޅުވާނެ ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސީއީއޯ ވިދާޅުވީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް އައިނު ހެދުމުގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު ހަރަދެއް ކުރަމުންދާ ކަމަށާއި މިވީހާ ތަނަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި ހޮސްޕިޓަލަކުންވެސް އެކަން ނުކުރާ ކަމަށެވެ.

ދައުލަތުން އައިނު ހެއްދުމުގެ ހިދުމަތް ފޯރުކޮށްދިންނަމަވެސް އަމިއްލަ ފަރާތްތަކުންވެސް މި ވިޔަޔާރި ކުރިޔަށް ގެންދެވޭނެ ކަމަށް ހަލީމު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ފަރާތުން އައިނުގެ ވިޔަރާރި ފަށަނީ އެއްވެސް ހާލެއްގައި އެކަން މިހާރުވެސް ކުރަމުންދާ ފަރާތްތަކާ ކޮމްޕީޓް ކުރަން ނޫން ކަމަށް ހަލީމް ވިދާޅުވިއެވެ. ދައުލަތުން ބޮޑު ހަރަދުކޮށްގެން އައިނު ހެދުމުގެ މަސައްކަތް، ރައްޔިތުންނަށް އައިނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަންޖެހޭއިރު އާސަންދަވެސް ކަވަރކުރާއިރު، އާސަންދައިގެ ކަނޑައެޅިފައި އިންނަ އަދަދުގެ ތެރެއިން ރައްޔިތުންނަށް އައިނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަލީމް ވިދާޅުވިއެވެ.

އައިޖިއެމްއެޗަކީ ދައުލަތުގެ އިދާރާއެއް ކަމަށާއި މެންޑޭޓަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ހަލީމް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ހާލެއްގައި ވިޔަފާރިއެއް ކުރަން ސަރުކާރުން ނޫޅޭ ކަމަށް ހަލީމް ވިދާޅުވިއެވެ.

އައިޖިއެމްއެޗުން ނުވަތަ އެހެން ހޮސްޕިޓަލަކުން ނުވަތަ ކުލިނިކަކުންވެސް ނަންބަރު ނަގައިގެން ގޮސް އައިޖިއެމްއެޗުގެ އައިނު ފިހާރައިން އައިނު ހެއްދޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

އައިޖިއެމްއެޗުގެ ފިހާރައަށްފަހު ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް އައިނު ފިހާރައެއް ހުޅުވާނެ ކަމަށްވެސް ވަނި ވިދާޅުވެފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay