logo

ޣައްޒާ ނައްތާލުމާއި ގުޅޭ ގޮތުން ސައުދީ އާއި އެމެރިކާއިން މަޝްވަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 13 އޯގަސްޓު 2025 - 15:09

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތް ނައްތާލުމާއި ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއާއި އެމެރިކާއިން މަޝްވަރާކޮށްފިއެވެ.

https://wamco.com.mv/

މި މަޝްވަރާކޮށްފައިވަނީ ޣައްޒާގެ ހާލަތާއި ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރުބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުއާއި ދެމެދު ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު، ޓަމީ ބްރޫސް ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި މި މަޝްވަރާތަކުގައި ޣައްޒާގެ މިހާރު ހާލަތާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވާއިރު، އޭގެ ތެރޭގައި އިންސާނީ އެހީ ބެހުން އިތުރުން ކުރުމާއި ހައްޔަރުގައި ތިބި މީހުން މިނިވަން ކުރުމަށާއި ހަމާސް ނައްތާލުމަށް ކުރާ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވެސް ސަރަހައްދީ މައްސަލަ މައްސަލަތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ލުބުނާނާއި ސީރިއާގެ ހާލަތާއި ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިކަންކަމާއި ބެހޭ ގޮތުން ފައިސަލް އާއި ރުބިއޯ މަޝްވަރާކޮށްފައިވާއިރު، މީގެ ކުރިން ފައިސަލް އާއި ރުބިއޯ ވަނީ ވޮޝިންޓަން ޑީސީގައި މިދިޔަ އޭޕްރިލް މަހު ބައްދަލުކޮށްފައެވެ.

ހަމާސް ނައްތާލުމާއި ގުޅޭ ގޮތުން އެމެރިކާއާއި ސައުދީން މަޝްވަރާކޮށްފައިވާއިރު، މިކަމާއި ގުޅިގެން ސައުދީން ދެކޭ ގޮތް އަދި ހާމަވެފައެއް ނުވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay