
އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި އެއްވެސް މަސް ކުންފުންޏެއް ބްލެކްލިސްޓެއް ނުކުރޭ: މިނިސްޓަރު ޝިޔާމް

އައިޝަތު އިނާޝާ - 10 ޖުލައި 2025 - 17:25
ވިލާތުގެ އިއްތިހާދު، އީޔޫ އަދި އިނގިރޭސިވިލާތުން ރާއްޖޭގެ އެއްވެސް މަސްވެރި ކުންފުންޏެއް ބްލެކްލިސްޓް ކޮށްފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތާއި ޔޫރަޕުގެ ގައުމުތަކުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއެކު ވިޔަފާރިކުރުން މަނާކޮށްފައިވާކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ވަނީ ދޮގު ވާހަކަތަކެއް ފަތުރާފައެވެ.
މިކަމާގުޅިގެން މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އީޔޫ އަދި އިނގިރޭސިވިލާތުން ވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަންނަ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާ ކުރުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.
މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަޤީގަތާ ޚިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމުގައި ދަންނަވަން : މިނިސްޓަރު ޝިޔާމް
މިކަމާގުޅޭގޮތުން މިފްކޯއިން ބުނީ އެ ކުންފުންޏާ ގުޅޭގޮތުން ފަތުރާ ހަބަރާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުން އެ މައުލޫމާތުގެ ތެދުދޮގު ބަލާފައިވާ ކަމަށާއި އެފަދަ އެއްވެސް ފިޔަވަޅެއް އެ ކުންފުންޏާމެދު އަޅާފައި ނުވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން