
އެމްއަބީގެ ޙިދުމަތައް 15 އަހަރު ފުރިއްޖެ

ރިޟްވާން މޫސާ - 09 މާރިޗު 2026 - 15:13
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ރާއްޖޭގައި އިސްލާމިކް ބޭންކިން ނިޒާމު މުޅިން އަލަށް ތައާރަފުކޮށް، ޒަމާނީ ޓެކްނޯލޮޖީއާ އެއް ހަމައެއްގައި އެ ޚިދުމަތްތައް ތަރައްގީކޮށް ކުރިއަރުވަމުން ގެންދާތާ 15 އަހަރުވެއްޖެއެވެ.
އެމްއައިބީ އުފައްދާފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެ ބޭންކުން ބުނީ ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެމްއައިބީއަކީ، ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިވެރިންނާއި، ވިޔަފާރިތަކަށް އިތުބާރު ހިފޭ މާލީ ބައިވެރިއަކަށްވެފައިވާ ކަމަށް އެ ބޭންކުން ފާހަގަކުރާ ކަމަށެވެ.
އެމްއަބީން ފޯރުކޮށްދެއް ވަމުން އަންނަ ޙިދުމަތްތަކުގެ ތެރޭގައި އުޖާލާ ފައިނޭސް އިންނާއި ބޭސްފަރުވާ އަށްދާ ފަރާތްތަކަށް ޑޮލަރު ދިނުމުގެ އިތުރުން ހެލްތް ލައިފްސްޓައިލް ބެނިފިޓްސް ފަދަ ސްކީމްތައް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ތައާރަފްކޮށްފަ އެވެ.
މީގެ އިތުރުން އެ ބެންކުން ވަނީ 2019 ވަނަ އަހަރު ކާމިޔާބު އައިޕީއޯއަކަށް ފަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ލިސްޓުކޮށް، ތާރީޚީ އިތުރު ހަރުފަތެއް ގިރާކޮށްފައެވެ.
އެމްއަބީން ވަނީ ވިސާ ޑެބިޓް، ވިސާ ޕްލެޓިނަމް، ވިސާ ބިޒްނަސް ޑެބިޓް، އަދި ސަޕްލިމެންޓަރީ ކާޑުގެ ޚިދުމަތް ތައާރަފުކޮށް، އެމްއައިބީ ގްލޯބަލް ޕޭ މެދުވެރިކޮށް އީ ކޮމާސް ކުރިއަރުވައި ދުނިޔޭގެ ކޮންމެ ތާކުންވެސް ޚިދުމަތް ލިބިގަތުމުގެ މަގު ކަސްޓަމަރުންނަށް ފަހި ކޮއްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

އުމުރާއަށް ގެންދާނެ ކަމަށްބުނެ ފައިސާ ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފި
2 ގަޑިއިރު ކުރިން

ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި
2 ގަޑިއިރު ކުރިން

ކޮމަންވެލްތަކީ ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމުގެ މަންސައެއް
3 ގަޑިއިރު ކުރިން

މައުލޫމާތުތައް ނުލިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: އެޗްއާރުސީއެމް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)