logo

ކައުންސިލްތަކުގެ ޢިމާރާތުގެ މަސައްކަތް މޮނިޓަރ ކުރުމަށް ކޮމިޓީ އެއް އެކުލަވައިލަނީ

profile

އައިޝަތު އިނާޝާ - 08 ނޮވެމްބަރު 2025 - 17:55

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް މޮނިޓަރ ކުރުމަށް ރަށްރަށުގައި ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި ރަށުގެ އެކި ފަރާތްތައް ހިމެނޭ ގޮތުން އެކުލަވައިލެވޭ ކޮމިޓީގެ ބޭނުންތެރިކަން ފެންނަމުންދާ ކަމަށެވެ.

''ރަށު ކައުންސިލް މެދުވެރިކޮށް ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްއެބަގެންދަން'' މިނިސްޓަރ

ކައުންސިލް އިދާރާގެ ޢުމްރާނީ މަސައްކަތާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަމާއި، ހައްލު ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން 9108899 އަށް ގުޅުއްވުމުން ހައްލު ހޯދުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި މިނިސްޓަރ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވައު ދަތުރުފުޅުގައި ބައެއް ކައުންސިލްތަކުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށުގެ، ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay