
ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ރައީސް: ފަލާހު

އައިޝަތު އިނާޝާ - 20 ޖެނުއަރީ 2026 - 17:51
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަކީ މިއަދު ރައްޔިތުން އެންމެ ތާއިދު ކުރާ ސިޔާސީ ޕާޓީ ކަމަށާއި އަދި ޕީއެންސީގެ ލީޑަރ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ރައީސް ކަމަށް އިދިކޮޅު ފަރާތްތަކުން ގާބުލުކުރަންޖެހޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލް ވިލިމާލެ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓުން، ވިލިމާލޭ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒުވާން އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ ކަމަށެވެ. ފަލާހު ވިދާޅުވީ ޕީއެންސީ ގައި މިވަގުތު 75000 މެންބަރުން އެބަތިބި ކަމަށާއި އެއީ މިހާތަނަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ހާސިލުކުރެވިފައި ނުވާ ލަނޑުދަނޑިއެއް ކަމަށެވެ. ފަލާހު ވިދާޅުވީ މިދިޔަ މަހެއް ހާ ދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ޕީއެންސީއާ 7000 މެންބަރުން އަލަށް ގުޅިފައިވާ ކަމަށެވެ. ވިދާޅުވީ ޕީއެންސީ އަކީ ރައްޔިތުން އެންމެ ތާއިދު ކުރާ ސިޔާސީ ޕާޓީ ކަމަށާއި އަދި ޕީއެންސީގެ ލީޑަރ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ރައީސް ކަމަށް މިއަދު އިދިކޮޅު ފަރާތްތަކުން ގާބުލުކުރަންޖެހޭ ކަމަށެވެ.
މިހަގީގަތް އެބަ ޖެހޭ ހިތްޕުޅަށް ދަތި ވިޔަސް ގަބޫލުކުރައްވަން: ފަލާހު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން 1320 ކެންޑިޑޭޓުން ވާދަކުރަށްވާ ކަން ފާހަގަ ކުރައްވާ ފަލާހު ވިދާޅުވީ އޭގެ މާނައަކީ ޕީއެންސީ އާއި ދޭތެރޭގައި ރައްޔިތުން ކުރާ އުންމީދު ބޮޑު ކަން ކަމަށެވެ. ފަލާހު ވިދާޅުވީ ދިވެހި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސަރުކާރަކުން ފެށި އެންމެ ގިނަ މަޝްރޫއުތައް މިދިޔަ ދުވަސްކޮޅުގެ ތެރޭގައި މި ސަރުކާރުން ވަނީ ފަށާފައި ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއުތައް ހިންގުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ދަތިކުރަމުން ކަމަށާއި އެ މަޝްރޫތައް ހިންގުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓުން އިންތިހާބުވުން ވަރަށް މުހިންމު ކަމަށެވެ. ފަލާހު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައި އޮތަސް، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓަށް ވޯޓު ދޭންޖެހޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކަމަދޫގައި އިއާދަކުރަނިވި ހަކަތައިގެ އައު ނިޒާމެއް ގާއިމުކުރަނީ
3 ގަޑިއިރު ކުރިން
-1768927769896.webp&w=3840&q=75)
ރާއްޖެއިން ސީޝެލްސް އަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު، ފަތްކޮޅު އަރުވައިފި
4 ގަޑިއިރު ކުރިން

ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް 2 ކުންފުންޏަކަށް ދައުވާކުރަން ފޮނުވައިފި
7 ގަޑިއިރު ކުރިން

މަޖިލީހުގެ ރައީސް ސަޢޫދީގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
7 ގަޑިއިރު ކުރިން


