
ނީލަ ކޯރު
ނީލަ ކޯރުގެ މައްސަލަ ހައްލުކުރަން އެމެރިކާއިން އެހީތެރިވެދެނީ

ރިޟްވާން މޫސާ - 18 ޖެނުއަރީ 2026 - 02:23
މިޞްރާއި އެތިއޯޕިޔާއާ ދެ ޤައުމުން ނީލަ ކޯރު ޙިއްޞާކުރުމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނީލަ ކޯރަކީ އެތިއޯޕިޔާގެ ބްލޫ ނައިލްއާއި ޔުގަންޑާއާއި ޓެންޒޭނިޔާއާއި ކެންޔާގެ ވައިޓް ނައިލް ޢަދެމެދު އުފެދިފައިވާ ދުނިޔޭގެ އެންމެ ބޮޑު ކޯރެވެ.
މިސްރުގައި ކަރަންޓް އުފެއްދުމަށާއި، ދަނޑުވެރިކަމަށް ނީލަ ކޯރުގެ ބޮޑު ބައެއް ބޭނުންކުރަމުންދާއިރު ކޯރުގެ 85 އިންސައްތަ ފެން އަންނަނީ ފެން އަންނަނީ ބްލޫ ނައިލް އިންނެވެ.
މިސްރުގައި ބޯން ބޭނުންކުރާ ފެނުގެ ބޮޑު ބައެއް ބޭނުން ކުރަނީވެސް ނީލަ ކޯރުންނެވެ.
މިޞްރާއި އެތިއޯޕިޔާއާ ދެމެދު މައްސަލަ އުފެދުނީ އެތިއޯޕިޔާއިން ބްލޫ ނައިލްގައި “ގްރޭންޑް އެތިއޯޕިއަން ރެނަސާންސް ޑޭމް” ނުވަތަ ގަރޑް ކިޔައި ބޮޑު ޑޭމްއެއް އިމާރާތްކުރުމާ ގުޅިގެންނެވެ.
މިޞްރުން ބުނަނީ އެ ޑޭމްގެ ސަބަބުން ނީލަ ކޯރުގައި ފެން ހިނގާ ގޮތަށް ނޭދެވޭ އަސަރުކޮށް ފެން ލިބޭ މިންވަރު މަދުވާނެ ކަމަށެވެ. އޭގެ ސަބަބުން ފެން ލިބުމުގައި ދަތިތައް ކުރިމަތިވެ ދަނޑުވެރިކަމާއި އެހެން ސިނާއަތްތަކަށް ވެސް ގެއްލުން ވާނެ ކަމަށް އެ ޤައުމުން ބުނެއެވެ.
އެ ޑޭމް އިމާރާތްކޮށްފައި ވަނީ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށާއި، ފެނަށް ޖެހުމާއި ފެން ބޮޑުވުމަށް ވެސް އެ ޑޭމްގެ ސަބަބުން މަގުފަހިވާ ކަމަށް މިޞްރުން ބުނެއެވެ.
އެ މައްސަލަ ޙައްލުނުވެ އަަހަރުތަކެއް ފާއިތުވެފައިވާއިރު ޓްރަމްޕް މިހާރު ވަނީ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީއަށް ސިޓީއެއް ފޮނުއްވައި، ނީލަ ކޯރުގެ ފެނޭ ގުޅޭ މައްސަލަ އެމެރިކާއިން ޙައްލުކޮށްފިނުމަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް މަރުޙަބާ ކިޔުއްވައި ސީސީ ވިދާޅުވީ ނީލަ ކޯރަކީ މިޞްރަށް ކޮންމެހެން މުހިންމު ކޯރެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެންސްޕާއިން މިދިޔަމަހު 54 މިލިޔަން ރުފިޔާގެ އެހީ ދޫކުރި
13 މިނިޓު ކުރިން

ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި
40 މިނިޓު ކުރިން
.jpg&w=3840&q=75)
ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
ގަޑިއިރެއް ކުރިން


