
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްކެނޑުމުގެ މުބާރާތެއް

ޝަހްޒާ މުޙައްމަދު - 13 ނޮވެމްބަރު 2025 - 14:00
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީސް މިނިސްޓްރީއިން ބުނީ، މި މުބާރާތަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކުރުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައިކަަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ ދެޖިންސުގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިއުމަށް ހމަޖެހިފައިވާ މުބާރާތެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މުބާރާތައް ހުށަހެޅިފައިވާ އިނާމުތައް:
• 1 ވަނަ: 3000ރ
• 2 ވަނަ: 2000ރ
• 3 ވަަނަ: 1000ރ
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސްކެނޑުުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރުމަހުިގެ 4އާ ހަމައަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ އެ މިނިސްޓްރީން އާންމުކޮށްފައިވާ ފޯމް މެދުވެރިކޮށެވެ.
ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި މިއަހަރު ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ރ. ދުވާފަރުގައެވެ.






