logo

ދ. މީދޫ އައިސްޕްލާންޓު ހުޅުވައިިފި

profile

ޝަހްޒާ މުޙައްމަދު - 30 އޮކްޓޯބަރު 2025 - 13:08

ދ. މީދޫގައި މިފްކޯ އިން ހެދި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފި އެވެ.

https://wamco.com.mv/

ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މީދޫ އައިސްޕްލާންޓް ހަދަން މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ގަ އެވެ.

ފަސޭހަ އިން އައިސް ނުލިބުމަކީ މަސްވެރިިންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މިހާރުވެސް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވެއެވެ.

ސަރުކާރުންވަނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުންދިޔަ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay