
މިފްކޯގެ އަހަރީ އާއްުމު ޖަލްސާ ބާއްވައިފި

މުޙައްމަދު ފަޟްލޫން - 01 ޑިސެމްބަރު 2025 - 17:41
މޯލްޑިވްސް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފިއެވެ.
މިފްކޯގެ އަހަރީ ޖަލްސާ ބާއްވާފައިވަނީ އެކުންފުނީގެ ހެޑް އޮފީހުގައެވެ.
މި ޖަލްސާގައި އޮޑިޓް އޮފީހާއި ޕީސީބީ އާއި ކުންފުނީގެ ޝެއަރ ހޯލްޑަރުންގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ތަމްސީލް ކުރެއްވިއެވެ.
މީގެ އިތުރުން މިފްކޯގެ އަހަރީ ޖަލްސާގައި ކުންފުނީގެ ބޯޑް މެމްބަރުންނާއި އެކްސްކޯ މެމްބަރުންނއި ރީޖަނަލް މެނޭޖަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަަހަރީ ޖަލްސާގައި ނިންމި ކަންކަމުގެ ތެރޭގައި 2023 ވަނަ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2024 ވަނަ އަހަރުގެ ކުންފުނީގެ މާލީ ބަޔާން ފާސްކުރުން ހިމެނެއެވެ. އަދި 2025 ވަނަ އަހަރަށް ކަނޑައަޅާ ކުންފުނީގެ އެސްޓާނަލް އޮޑިޓަރުގެ ގޮތުގައި ޑެލޮއިޓް ޕާޓްނާރސް ވަނީ ފާސްކޮށްފައެވެ.
2024 ވަނަ އަހަރު މިފްކޯއަށް ފައިދާ ނުވާތީ ޑިވިޑެންޓް ކަނޑަނޭޅުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. އަދި އެނިންމުން ވަނީ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފައެވެ.
2024 ވަނަ އަހަރު މިފްކޯއަށް ދިމާވި މާލީ ގެއްލުމުގެ އަސްލަކީ ކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ މައިގަނޑު ރޯމެޓީރިއަލްސް ކަމަށްވާ މަސް ނުލިބުމެވެ.
މިފްކޯގެ ތާރީހުގައިވެސް ނުފެންނަ ވަރަށް ރާއްޖޭގެ މަސްވެރިކަން ދަށްވުމާއި ގުޅިގެން 2024 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކުންފުންޏަށް ލިބުނު މަހުގެ އަދަދު ދަށްވެފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
2024 ވަނަ އަހަރު ކުންފުނީގެ އާމްދަނީ 2.009 ބިލިއަން ރުފިޔާއިން 1.076 ބިލިއަން ރުފިޔާއަށް ދަށަށް ދިޔައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 933 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ހުސްވި 2024 ވަނަ އަހަރަކީ އެކިި ގޮތްގޮތުން ކުންފުންޏަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ނަމަވެސް ﷲ ގެ ވާގިފުޅާއެކު އެހުރިހާ ކަމަކުން އަރައިގަނެވި މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިން އަދި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ކުރެވޭ މަސައްކަތުގައި މިފްކޯއިން ވަނީ ކާމިޔާބު ހޯދާފައެވެ.
މިފްކޯގެ މިހާރުގެ މެނޭޖްމެންޓުން ދަނީ ކުންފުނީގެ އާއްމދަނީ ހަރުދަނާކޮށް އާއްމު ބާޒާރުގެ ހާލަތުގައިވެސް ކުންފުނީގެ ވިޔަފާރީގެ އޮނިގަނޑު ދެމެހެއްޓެވިނި ގޮތަށް ސާބިތުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ،
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
8 ގަޑިއިރު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
9 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
10 ގަޑިއިރު ކުރިން

ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު
11 ގަޑިއިރު ކުރިން


