logo

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި

profile

އައިޝަތު އިނާޝާ - 09 ޑިސެމްބަރު 2025 - 16:22

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރުކަމުން މިއަދުން ފެށިގެން ރިޓަޔާކުރައްވައިފި އެވެ.

https://wamco.com.mv/

ނިޔާޒް ހައި ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު އެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ހައި ކޯޓުން ބުނި ގޮތުގައި ފަނޑިޔާރު ނިޔާޒު ވަނީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފަ އެވެ. އެހެންވެ، މިއަދަކީ ނިޔާޒު ހައި ކޯޓުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަހެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާގެ އެ ހުށަހެޅުން ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން ނިންމި އެވެ.

ނިޔާޒްގެ ޝަރުޢީ ދާއިރާ ފެށިފައިވަނީ 2002 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ނިޔާޒް ކުރެވުނީ ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. މީގެ އިތުރުން، އޭނާ ވަނީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ. ޝަރުޢީ ދާއިރާއަށް ވަދެވަޑައިގެންނެވުމުގެ ކުރިން، ނިޔާޒް ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަން ވެސް ކުރައްވާފައެވެ.

ފަނޑިޔާރު ނިޔާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ނިޔާޒް ވަނީ ޖޭއެސްސީގެ ނާއިބު ރައީސްކަންވެސް ކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay