logo

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި

profile

އައިޝަތު އިނާޝާ - 09 ޑިސެމްބަރު 2025 - 16:59

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ތެރެއިން 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓަކަށް ބޯޑް އޮފް އިންވެސްޓްމެންޓް އިން ހުއްދަ ދީފިއެވެ.

https://wamco.com.mv/

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ހުއްދަ ދޫކުރީ އެ ކުންފުނިން ހުށަހެޅި ރަސްމީ އެޕްލިކޭޝަނާއި ގުޅިގެން، މި އަހަރު ބޭއްވި ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައެވެ. އެ މިނިސްޓްރީން ބުނިގޮތުގައި 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއްގެ މި މަޝްރޫއަކީ ރިސޯޓް ޓޫރިޒަމަށް އެކަނި ބަރޯސާވެފައިވާ މިހާރުގެ މޮޑެލްތަކުން ބޭރުވެ، އެކި ދާއިރާތަކުން ކުރިއަރާފައިވާ، އަންނަން އޮތް ޖީލަށް އެކަށޭނަ ތަރައްގީއެއް ހުޅުވައިދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓްރީން ހާމަ ކުރިގޮތުގައި މި ޓައުންޝިޕްގައި ލަގްޒަރީ ހޮސްޕިޓަލިޓީއެއް ފޯރުކޮށްދެވޭ ގޮތަށާއި ދިރިއުޅުމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން، އިގްތިސާދަށް މުހިންމު ދާއިރާތައް ވެސް ހިމެނޭނެއެވެ. މީގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައި މަންޒިލެއްގެ ގޮތުގައި ބަލައިގަންނާނެ ފަދަ ސްޓޭޓް އޮފް އާޓް ހެލްތް ކެއާ ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލަކާއި، ނޭޝަނަލް ފުޑް ސެކިއުރިޓީ ހަރުދަނާކުރުމަށްޓަކައި އެޑްވާންސްޑް އެގްރިކަލްޗާ އަދި އެކްއަކަލްޗާ ނިޒާމުތަކަށް ހާއްސަ ރަށެއް ހިމެނެއެވެ.

މި ތަރައްގީ ކުރެވިގެން ދާނީ %60 އިޔާދަކުރަނިވި ހަކަތައާއި އެކުގައެވެ. މި މަޝްރޫއު 2028 ވަނަ އަހަރަށް ނިންމައި، އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ސަބަބުން ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ވަޒީފާ އުފެދި، ސަރަަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތު ކުރެވި، ދިގު މުއްދަތަކަށް އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނާއި މުއްސަނދިންނަށް ރާއްޖެ އައުމަށް ބޮޑު ޝައުގުވެރިކަން އުފެދިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއީ ދިގު މުއްދަތަކަށް ދެމި ހުންނާނެ ފަދަ މާލީ އަދި އިގްތިމާއީ ހަމަޖެހުމާއި، އިގްތިސާދީ ދާއިރާތައް ތަފާތު ކުރުމަށް އެހީތެރިވާ އައު އީޖާދުތަކަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay