
ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު

އައިޝަތު އިނާޝާ - 09 ޑިސެމްބަރު 2025 - 14:35
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކޮށްފިއެވެ.
ފާމަސޫޓިކަލް ކުންފުންޏަކީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދި ކުންފުންޏެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފައްދަވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައިވެސް ހުންނެވި ބޭފުޅާއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މީގެ ކުރިން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ބޯޑު މެމްބަރުންގެ ގޮތުގައި އާޢިޝަތު މުޙައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ އައްޔަން ކުރައްވާފައެވެ. އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި ޑރ. ޝާހު މާހިރެވެ.
މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ބީސީސީ)ން ވަނީ އިތުރު ބައެއް ކުންފުނިތަކުގެ ބޯޑަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.
މިގޮތުން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމަށް އާސަންދަ ކުންފުނީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ޝަހީދު މުހައްމަދު، އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް، އަހްމަދު ޝާކިރު ވަނީ އައްޔަން ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
26 މިނިޓު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
ގަޑިއިރެއް ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
2 ގަޑިއިރު ކުރިން

ހިންގުން ރަނގަޅުކުރަން މުހިއްމު އެއް ކަމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން: މިނިސްޓަރ
3 ގަޑިއިރު ކުރިން


