
މެރިކަލްޗާ ހުނަރު ޕްރޮގުރާމުގެ 2 ވަނަ ބުރު ނިންމާލައިފި

ޝަހްޒާ މުޙައްމަދު - 30 އޮކްޓޯބަރު 2025 - 13:35
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މިއަހަރު ކުރިއަށްގެންދިޔަ 2 ވަނަ އަސާސީ މެރިކަލްޗަރ ކޯސް ކާމިޔާބުކަމާއެކު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 18 އިން 30ވަނަ ދުވަހުގެ ނިޔަލަށެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ކ. މަނިޔަފުށީގައެވެ. 12 ދުވަހުގެ މި ޕްރޮގްރާމުގައި 10 ބައިވެރިއަކު ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ޕްރޮގްރާމްގެ ތެރެއިން މެރިކަލްޗަރގެ ދާއިރާއިން ގިނަ މަޢުލޫމާތުތައް އެނގި، ޢަމަލީ ގޮތުން ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބުނުކަން ފާހަގަކުރައްވާފައެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މިއަހަރު ކުރިއަށްގެންދިޔަ 2 ވަނަ އަސާސީ މެރިކަލްޗަރ ކޯހުގެ ތެރެއިން ބައިވެރިންނަށް 11 މޮޑިއުލްއަކުން ތަމްރީނުދީފައިވެއެވެެ.
މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްކެނޑުމުގެ މުބާރާތެއް
މަހެއް ކުރިން

ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ރައީސް ހައްލުކޮށްދެއްވާނެކަން ޔަޤީން: މިނިސްޓަރ ޝިޔާމް
3 މަސް ކުރިން

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފި
3 މަސް ކުރިން

މެއި މަހުގެ ނިޔަލަށް 38،800 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރަށް ފޮނުވާފައިވޭ: އެމްއެމްއޭ
5 މަސް ކުރިން


