logo
ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި/ ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި/ ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފި

profile

އައިޝަތު އިބްރާހިމް - 07 ސެޕްޓެމްބަރު 2025 - 08:45

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފިއެވެ.

https://wamco.com.mv/

ޓްރާންސްފޯމް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ފަރުމަހުގެ މަސްވެރިކަން މޮނިޓާ ކުރުމުގެ ސާވޭ އަކީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ސައިންސް އަދި ދިރާސާ ޓީމުން މިއަހަރު ކުރިއަށްގެންދާ 6 ވަނަ ސަވޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސާވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާވެގެންދާނެ ކަމުގައިވެސް ބުނެފައިވެއެވެ.

View post on Twitter

މި ސާވޭ ކުރިއަށް ގެންދިއުމުގައި މ.މުލި ކައުންސިލާއި ރަށުގެ މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ފަރާތްތަކާއި މަސް ގަންނަ ފަރާތްތަކުން ވެދެއްވި އެހީތެރިކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރަށް ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައިވެސް ސާވޭ އެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay