.jpg&w=3840&q=75)
ހާއްސަ ހާލަތެެއްގައި ޕެންޝަން ފަންޑު ބޭނުންކުރެވޭނެ ގޮތް ހަދަނީ

މުޙައްމަދު ފަޟްލޫން - 08 ޑިސެމްބަރު 2025 - 14:20
ހާއްސަ ހާލަތެެއްގައި ޕެންޝަން ފަންޑު ބޭނުންކުރެވޭނެ ގޮތް ހެއްދެވުމަށް ގާނޫނަަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޕެންސަން ފައިސާ ބޭނުންކުރެވޭ މިހާރަށް ވުރެ ގިނަ ފުރުސަތުތައް ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާޙު ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޕެންޝަން ފަންޑުގެ ފައިސާ ރައްޔިތުންނަށް އިތުރު ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތުގެ އެއްބައި ފެށިފައިވާ ކަމަށެވެ.
ޕެންސަން ފަންޑުގެ ބޭނުން ކުރުވޭނެ ގޮތަށް އިސްލާހު ގެނައުމަކީ ވެ ވަޑައިގެންވެި ވައުދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޕެންސަން ފަންޑުގައި ހުންނަ ފައިސާ ގިނަ ކަންކަމަށް ބޭނުން ނުކުރެވޭ މައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕެންސަން ފައިސާ މެދުވެރިކޮށް ގޯތި ގެދޮރު ގަތުމަށް އިކުއިޓީ ދެއްކުމާއި ހައްޖު އަދާކުރުން ފަދަ ކަންކަމުގައި މިހާރު ބޭނުންކުރެވެއެވެ.
ހެންވޭރުގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑު އައްސަވައި އެކަމަށް އެކަށީގެންވާ ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއް ހުޅުވައިފި
2 ގަޑިއިރު ކުރިން

ބިދޭސީންގެ ސިއްހީ ހާލަތަށް ހައްލު ހޯދަންޖެހޭ: މިނިސްޓަރ ނާޒިމް
2 ގަޑިއިރު ކުރިން

ހެކި ނެތިގެން ފަޒުލް އަށް ދަޢުވާ ނުކުރަން ނިންމައިފި
8 ގަޑިއިރު ކުރިން

ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން


