
ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް އެކެއް ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 08 ޑިސެމްބަރު 2025 - 18:03
ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރު އަޅައި ނިންމައި ހުޅުވާލައިފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި މަގު ފުޅާކޮށް މަގުގެ ފުރަތަމަ ސެގްމެންޓް ނިންމައި ހުޅުވާލާފައިވާއިރު، މި މަސައްކަތުގެ ސަަބަބުން އެ ސަރަހައްދުގެ ޓެރެފިކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޒަމާނީ ފެންވަރަށް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ.
އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.
ސަރުކާރުގެ ފަރާތުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ބިދޭސީންގެ ސިއްހީ ހާލަތަށް ހައްލު ހޯދަންޖެހޭ: މިނިސްޓަރ ނާޒިމް
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ހާއްސަ ހާލަތެެއްގައި ޕެންޝަން ފަންޑު ބޭނުންކުރެވޭނެ ގޮތް ހަދަނީ
6 ގަޑިއިރު ކުރިން

ހެކި ނެތިގެން ފަޒުލް އަށް ދަޢުވާ ނުކުރަން ނިންމައިފި
8 ގަޑިއިރު ކުރިން

ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން


