
ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި

މުޙައްމަދު ފަޟްލޫން - 08 ޑިސެމްބަރު 2025 - 12:13
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެޚިދުމަތުގެ ބަހާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ މި ޚިދުމަތުގެ އައު ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އިފްތިތާހުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުގެ އައު ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އިތްތިހާކޮށްފައިވަނީ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025 އިވެންޓްގައެވެ. މި އެވެންޓް ޝަރަފްވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ފަސީޙުއާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ އެކި ބަހާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި އިވެންޓްގައި ވަނީ އިތުރު ގިނަ ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަން އިފްތިތާހުކޮށްފައެވެ. އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ. އަދި ސައިބަރ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
ޕޮލިސް އެޕްލިކޭޝަންގެ ފީޗަރސްތަކަށް ބަލާއިރު އެންމެ ހާއްސަ ފީޗަރއަކީ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެވެ.
އެޕްލިކޭޝަން ހިމެނޭ އެހެން ފީޗަރސްތަކަކީ ސްކޭމް ޗެކްކުރެވުމާއި އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗަރސްތަކެވެ.
މިއަދު އިފްތިތާހުކުރެވުނު ސައިބަރ ޕޯޓަލްއަކީ މުޖުތަމައުގައި ހިނގާ ސައިބަރ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާރޗްކުުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.




.jpg&w=3840&q=75)

